Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

ޝާހްގެ"ޒީރޯ" ރިލީޒް ކުރި ދުވަހު އިންޓަނެޓުގައި ލީކު ކޮށްލައިފި

ޝާހްރުކް ޚާންގެ ފިލްމް "ޒީރޯ" މިއަދު ރިލީޒް ކޮށްފައިވާ އިރު، ބަޔަކު ވަނީ އެ ފިލްމް މުޅި އިންޓަނެޓަށް ލީކް ކޮށްލާފައެވެ.

ޝާހްރުކް ޚާން، ކެޓްރީނާ ކެއިފް އަދި އަނުޝްކާ ޝަރުމާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކޮށްފައިވަނީ މިއަދު އެވެ. މި ފިލްމް ރިލީޒް ވުމާއެކު ބެލުންތެރިންގެ ތައުރީފް ވަނީ ފިލްމްގެ ތަރިންނަށް އޮހެންފަށާފައެވެ.

ބެލުންތެރިންގެ ތަފާތު ޚިޔާލުތައް މި ފިލްމަށް ލިބެން ފަށާފައިވާ އިރު އިންޑިއާގެ ބައެއް އޮންލައިން ނޫސްތަކުން ވަނީ ފިލްމް "ޒީރޯ" ކޮންމެވެސް ބަޔަކު އިންޓަނެޓްގައި ލީކުކޮށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މިނޫނަސް ގިނަ ފިލްމްތަކެއް ދަނީ ޓްވިޓާގެ ފޭކް އެކައުންޓްތައް މެދުވެރިކޮށް ލީކް ކޯށްފައެވެ. މިފަދަ މައްސަލަތަކަކީ ވަރަށް ކުރިއްސުރެ އިންޑިއާގައި ދިމާވާ މައްސަލައެކެވެ. ފިލްމް "ޒީރޯ" އިންޓަނެޓްގައި ލީކްވެފައިވާ އިރު މި ފިލްމްގެ އިތުރުން "ތަގްސް އޮފް ހިންދޮސްތާން" އަދި އަކްޝޭ ކުމާރް އަދި ރަޖްނީ ކާންތުގެ ފިލްމް" 2.0" ފަދަ ފިލްމްތަކުގެ ކޮޕީތައް ވެސް ވަނީ އިންޓަނެޓްގައި ދައުރުވާން ފަށާފައެވެ.