Last Updated: November 24, 23:51
Sunday, November 24, 2024
ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑް ރޭ ބާއްވައިފި

މޯލްޑިވްސް ބިޒްނަސް އެވޯޑް 2018 ހަފްލާ ހޮނިހިރު ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވައިފިއެވެ.

ބްލޭޒަން އިންކް އިން އިންތިޒާމްކޮށް ބޭއްވި މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ ވެރިޔާ އައްބާސް އިބްރާހިމްއެވެ.

މި ހަފްލާގައި ޖުމްލަ 23 ދާއިރާއަކުން އެވޯޑް ދީފައިވެއެވެ. އެންމެ ޝަރަފްވެރި އެވޯޑަކަށް ދީފައިވަނީ ހަޔާތީ އަރުތައިގެ އެވޯޑެވެ. އެ އެވޯޑް ލިބިވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމަށެވެ. އަދި ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ މޯލްޑިވްސް އަށެވެ.

މި އެވޯޑްހަފްލާގައި އެވޯޑް ލިބުނު ފަރާތްތަކަށް ބަލާއިރު:
އެކްސަލެންސް އިން ފައިނޭންސް (ބޭންކިންގް އެންޑް ފައިނޭންސް) އެވޯޑް އެޗްޑީއެފްސީ
އެކްސަލެންސް އިން ފައިނޭންސް (އިންޝުއަރެންސް) އެވޯޑް އެލައިޑް އިންޝުއަރެންސް
އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ހޮޓެލްސް އެންޑް ގެސްޓް ހައުސަސް) އެވޯޑް ރިވެރީސް ގެސްޓް ހައުސް
އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ޓުއަރ އޮޕަރޭޓާޒް) އެވޯޑް އިނަރ މޯލްޑިވްސް
އެކްސަލެންސް އިން ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެވޯޑް އެންސިސް ފިޝަރީޒް
އެކްސަލެންސް އިން ޔުޓިލިޓީ އެވޯޑް ލިބިފައިވަނީ އެމްޑަބްލިޔުއެސްސީ
އެކްސަލެންސް އިން ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް އެވޯޑް ސަސޭ ކޮންސްޓްރަކްޝަން
އެކްސަލެންސް އިން ހޯލްސޭލް އެންޑް ރީޓެއިލް އެވޯޑް އެޓޯލް މާކެޓް
އެކްސަލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑް އުރީދޫ މޯލްޑިވްސް
އެކްސަލެންސް އިން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް އެވޯޑް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް
އެކްސަލެންސް އިން ހެލްތް ކެއަރ އެވޯޑް މެޑިކަ
އެކްސަލެންސް އިން ޕްރޮފެޝަނަލް ސަރވިސަސް އެވޯޑް އެމްއެޗްޕީއޭ އެލްއެލްޕީ
ޕަބްލިކް އެންޓަޕްރައިޒް އޮފް ދަ އިޔަރގެ އެވޯޑް ދިރާގު
އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް އެލައިޑް އިންޝުއަރެންސް
އެލައިޑް ޕްރެސެންޓްސް އެމްޕްލޮޔަރ އޮފް ދަ އިޔަރ އެމްޑަބްލިޔުއެސްސީ
އެފްޑީއައި އޮފް ދަ އިޔަރ އެވޯޑް އުރީދޫ މޯލްޑިވްސް
ދިރާގު ޕްރެސެންޓްސް އެމްއެސްއެމްއީ އޮފް ދަ އިޔަރ އެވޯޑް އެމްބަރ ފަޔަރ އެންޑް ސޭފްޓީ
ޔަންގް އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރގެ އެވޯޑް އަލީ ހާރިސް
ބިޒްނަސް ވުމަން އޮފް ދަ އިޔަރގެ އެވޯޑް ރާއިދާ ޝަފީގު
އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ އިޔަރގެ އެވޯޑް އަބްދުލް މަޖީދު
އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރގެ އެވޯޑް މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު އަލީ ޖަނާހް

މިއަހަރުގެ އެވޯޑަށް ވާދަކޮށް ޖުމްލަ 185 ފަރާތަކުން ތަފާތު ދާއިރާތަކުން އެޕްލިކޭޝަންތައް ފޮނުވާފައިވާއިރު އެ އެޕްލިކޭޝަންތަށް އިންސާފްކޮށްދިނުމުގެ މަސައްކަތުގައި ޖަޖުން 100 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފައިވާ ކަމަށް ބްލޭޒަން އިންކް އިން ބުނެއެވެ.