ކްރިސްމަސް އަދި އިޔަރ ފާހަގަ ކުރުމަކީ އިސްލާމީ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންތަކެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު 25 ވަނަ ދުވަހަކީ ކްރިސްޓިއަނުން އެމީހުންގެ ކްރިސްމަސް ދުވަސް ކަމުގައި ފާހަގަ ކުރާ ދުވަހެވެ. ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވެސް އެ ދުވަހު ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން އެކަކު އަނެކަކަށް އެ ދުވަހުގެ ތަހުނިޔާ ފޮނުވާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. މިފަދަ ކަންތަކަކީ އިސްލާމީ ގައުމެއްގައި ފެންނަންޖެހޭ މަންޒަރު ތަކެއް ނޫނެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ މުސްލިމުން އެފަދަ ކަންތަކުން ދުރުހެލިވެ ރައްކާތެރިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.
Cristmas aai New Year faahaga kurumaky Islami Sagaafathu ge thereygai himeney kanthakeh nooneve. Veema Muslimun efadha kanthakun dhuruhelive rakkaatheri vaan jehe eve.
— Dr.Mohamed Iyaz (@dr_iyaz) December 23, 2018
ޑރ. އިޔާޒްގެ އިތުރު ޓްވީޓެއްގައި ވަނީ ސުނާމީ ފަދަ ބޮޑެތި މުސީބާތްތައް ކުރިމަތިވަނީ އަޅުގަނޑުމެންނަށް ކުރެވޭ ނުރަނގަޅު ކަންތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
Tsunami fadha bodethi museebaaiy thah kurimathi vany alhugadu mennah kurevey nuragalhu kanthakuge sababunneve. Veema heyo amalu thah ginakoh, music aai neshun fadha munkaraaiy thakun dhuruheli vaan jehe eve.
— Dr.Mohamed Iyaz (@dr_iyaz) December 23, 2018
ވީމާ، ހެޔޮ އަމަލުތައް ގިނަކޮށް، މިޔުޒިކާއި ނެށުން ފަދަ މުންކަރާތްތަކުން ދުރުހެލިވާން ޖެހޭ ކަމަށް ވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.