މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކުގައި ކަމަށާއި، އެހެންކަމުން ކުރީގެ ސަރުކާރުން ހިންގިފަދަ މުޑުދާރު އަމަލުތައް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެެވެ. އެ ޓްވީޓްގައި ޑރ. އިޔާޒް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ނައިބު ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ޓެގް ކުރައްވާފައެވެ.
Mi sarukaaru genaumah alhugadu men masakkaiy kuree v foni ummeedhu thakakaai ekugai. Kureege sarukaarun hingi fadha mududhaaru amalu thah nukurevvun edhen. @ibusolih @FaisalNasym @AhmedMahloof
— Dr.Mohamed Iyaz (@dr_iyaz) December 24, 2018
"ހަފްތާ ރެސް"ގެ ނަމުގައި ނުވަތަ "ހަފްތާ ބަންދު" ނުވަތަ އެ ނޫން ނަމެއްގައި ވެސް މިޔުޒިކު ޝޯވތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓެގް ކުރައްވާ ޑރ. އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޒްގެ އެ ޓްވީޓާއި ގުޅިގެން މަހްލޫފް ވަނީ ހަފްތާ ބަންދުގައި ބާއްވަނީ މަގުމަތީ ބާޒާރެއް ކަމަށާއި ނަސޭހަތް ބަލައިގެންފި ކަމަށާއި ކުރިޔަށް ދާނީ ހައްދުން ނުނެއްޓި ކަމަށް ވިދާޅުވެފައެވެ.