Last Updated: November 27, 11:56
Wednesday, November 27, 2024
ޚަބަރު

މަރަދޫފޭދޫގައި އެކްސިޑެންޓެއް ހިނގައިފި

މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓްގައި ސައިކަލްތައް ވެއްޓިފައި. ފޮޓޯ: އައްޑޫ ލައިވް

މިއަދު މެންދުރު ފަހު މަރަދޫފޭދޫ އެސްޓިއޯ ފިހާރަ ސަރަހަދުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

މަންޒަރު ދުށް "އައްޑޫ ލައިވް" ގެ ރިޕޯޓަރަކު ކިޔައިދިން ގޮތުގައި ހާދިސާ ހިގާފައިވަނީ އެސްޓިއޯ ފިހާރައާއި މަރަދޫ ފޭދޫ ހެލްތު ޔުނިޓް ހުންނަ ގޯޅި ކަންމަތިންނެވެ. މި ހާދިސާ ހިނގާފައި ވަނީ ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލް ގޯޅިއަށް ވަންނަނިކޮށް ލިންކަށް ނިކުތް ސައިކަލަކާ ޖެހިގެންނެވެ.

މި ހާދިސާގައި ލިންކު ގޯޅިއަށް ވަން ސައިކަލް ދުއްވަން އިނީ ފޭދޫ އިރަމާގެ، އަހުމަދު އިސާން އެވެ. އަދި ދެވަނަ ސައިކަލް ދުއްވަން އިނީ މަރަދޫ ރޯސްމީޑް އަލީ އާސިދު އެވެ.

މިހާދިސާގައި މީހަކަށް ވެސް އަދި ސައިކަލަށްވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައެއް ނުވެ އެވެ. އަދި މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު އޭގެ ތެރެއިން އެއް ސައިކަލް ދުއްވި އަހުމަދު އިސާނުގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.