ކަޅުވަކަރު މިސްކިތް ކުރީގެ ސަރުކާރުގައި ރޫޅާލުމުން އާ ސަރުކާރުން އެ މިސްކިތް އަލުން ރޭވުމަށް ނިންމައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިސްކިތް ރާވާނީ އަނެއްކާވެސް މާލޭގައި ކަމަށް ނިންމަވާފައެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ މިސްކިތް އަލުން ރޭވުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދާފައެވެ. އެގޮތުން މިސްކިތް ބާނެ ތަނަކާ މެދު އާންމުންގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ބައެއް މީހުން ކުރިއެކޭ އެއްގޮތަށް މާލޭގައި ރޭވުމަށް ތާއީދުކުރިއިރު އަނެއްބައި މީހުން ވަނީ ހުޅުމާލޭގައި މިސްކިތް ރޭވުމަށް ތާއީދުކޮށްފައެވެ.
ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފައެއް މިކަމާ ގުޅޭގޮތުން ހޯއްދަވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަސްރަނި ބަގީޗާ ސަރަހައްދުގައި މިސްކިތް އަލުން ރޭވުމަށް ނިންމަވާފައެވެ.
އަލްއުސްތާޛް ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި ބިނާކުރި ކަޅުވަރަކު މިސްކިތަކީ ތާރީޚީ ގަދަރުވެރި ބިނާއެކެވެ.