Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރުގައި. ފޮޓޯ: ރާއްޖެ.އެމްވީ

2004ވަނަ އަހަރު ޑިސެމްބަރު 26 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާއާއި ގުޅުވައިގެން ފާހަގަ ކުރަންފެށި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ފަށައިފިއެވެ.

މި ހަފްލާގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވައެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އަނި މިނޫނަސް މިނިސްޓަރުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިއްޒަތްތެރި ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ދުވާފަރަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.