އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ހުޅުވުމުން އަދިވެސް މެންޗެސްޓާ ސިޓީގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ސިޓީގެ ކޯޗް މަންޗީނީ ބުނެފިއެވެ.
ކުރިއަށް އޮތް އެފްރިކަން ކަޕަށް އެ ޓީމުގެ އެފްރިކާގެ ކުޅުންތެރިން ދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން އެކަން ފޫބެއްދުމަށްޓަކައި އިތުރު ކުޅުންތެރިން ގެންނަން ޖެހިދާނެ ކަމަށް އެނާގެ ވާހަކަތަކުގައި ވަނީ އިށާރާތް ކޮށްފައެވެ. މީގެ އިތުރުން ޓީމުގެ ކުޅުންތެރިންގެ ތެރެއިން މައިކާ ރިޗާޑްސް، އެލެގްޒޭންޑާ ކޮލަރޯވް އަދި މިދިޔަ ޓްރާންސްފާ މާކެޓުގައި އެ ޓީމާއި ގުޅުނު ޖެކް ރޮޑްވެލް އަށް ވަނީ އިންޖަރީ ވެފައެވެ.
ކޮންމެއަކަސް މެންޗެސްޓާ ސިޓީ އަކީ މިހާރު އިނގިރޭސި ލީގުގައި އޮތް އެންމެ މުއްސަނދި ކުލަބެވެ. މީގެ އިތުރުން ލީގުގެ އެންމެ ބޮޑު އަދި މޮޅެތި ކުޅުންތެރިން ގިނަ ކްލަބެވެ. އެހެންނަމަވެސް ކޮންމެ ޓްރާންސްފާ މާކެޓެއްގައި ސިޓީ އިން ބޮޑެތި އަގުތަކުގައި ކުޅުންތެރިން ގެންނަކަމީ ކުލަބުގެ ޕޮލިސީތަކާމެދު ސުވާލު އުފެދޭކަމެކެވެ.