2010ވަނަ އަހަރުން ފެށިގެން 2018އާއި ހަމަޔަށް އިންޑިއާގައި އާދަޔާއި ޚިލާފަށް ހޫނުވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ 6000 އަށްވުރެ މައްޗަށް އަރާފައެވެ.
އިންޑިއާގެ ސްޓޭޓްތަކަށް ބަލާއިރު މިއަދަދު އެންމެ ގިނަވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 2013އާއި 2015 އާއި ދެމެދު އަންދްރަ ޕްރަދޭޝް ސްޓޭޓްގައެވެ. މީގެ ތެރެއިން 90 އިންސައްތަ ރިޕޯޓް ކޮށްފައިވަނީ 2014 ވަނަ އަހަރު އޮދިޝާ އަދި ވެސްޓް ބެންގޯލް އިންނެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގެ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަމުން އިންޑިއާގެ މިނިސްޓަރ އޮގް އާތް އެންޑް ސައިންސް ހަރްޝް ވަރްދަން ވިދާޅުވެފައިވަނީ އިންޑިއާގައި ހޫނުވުމުގެ ސަބަބުން މަރުވާ މީހުން އިތުރުވެފައިވާ ކަމަށެވެ. އާންމު ގޮތެއްގައި މި އަދަަދު އިތުރު ވަނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި ޖުލައި މަހާއި ދެމެދުކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅޔވެފައިވެއެވެ.
2010ވަނަ އަހަރު ހޫނުގަދަވުމުގެ 259 މީހުން އިންޑިއާގައި މަރުވެފައިވާ އިރު 2011 ވަނަ އަހަރު 11 މީހުން ވަނީ މަރުވެފައެވެ. 2012 ވަނަ އަހަރު 729 މީހުން މަރުވެފައިވާ އިރު 2013 ވަނަ އަހަރު މި އަދަދު ވަނީ 1433އަށް އަރާފައެވެ. އަދި 2014 ވަނަ އަހަރު 548 މީހުން މަރުވެފައިވާ އިރު 2015 ވަނަ އަހަރު މަރުވި މީހުންގެ އަދަދު ވަނީ 584 އަށް އަރާފައެވެ. 2016 ވަނަ އަހަރު ހޫނުގަދަވުމުގެ ސަބަބުން 300 މީހުން މަރުވެފައިވާ އިރު 2017 ވަނަ އަހަރު މިއަދަދު 100 އަށް ވަނީ އަރާފައެވެ. އަދި 2018 ވަނަ އަހަރު 20 މީހުން ވަނީ މަރުވެފައެވެ.
ކޮންމެ އަހަރަކު ވެސް ހޫނު ގަދަވާ ދުވަސްތަކުގައި ބިންގަނޑު ހިކި އިންޑިއާގެ އެތައް ދަނޑުބިންތަކެއް ނެތިގެންދެއެވެ.