ބަންދުކުރެވިފައިވާ ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނެޝަނަލް (ބީ.ސީ.ސީ.އައި) އަށް އާންމު ފަރާތްތަކުން ޖަމާކޮށްފައި ހުރި ފައިސާ ނެގުމުގެ އެންމެ ފަހު ފުރުސަތު އެމްއެމްއޭ އިން ދީފި އެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީސީސީއައިގެ މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން އާންމު ފަރާތްތަކަށް ލިބެންޖެހޭ ފައިސާ 5 އޮގަސްޓް 1998 އިން ފެށިގެން ދޫކުރަމުންދާ ކަމަށާއި، މިފަދަ ފަރާތްތަކުން ފައިސާ ނެންގުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް ބައެއް ފަރާތްތަކުން އަދިވެސް ފައިސާ ނަންގަވާފައިނުވާ ކަމަށެވެ.
އެހެންކަމުން ބީ.ސީ.ސީ.އައި. މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން މިހާތަނަށް ފައިސާ ނަންގަވާފައިނުވާ އާންމު ފަރާތްތަކުން، 31 މާރިޗު 2019 ގެ ކުރިން ފަައިސާ ނެންގެވުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.
އަދި 31 މާރިޗު 2019 ގެ ފަހުން، އެމްއެމްއޭ އިން އެ ބޭންކުގެ ޑިޕޮސިޓަރުންގެ ފައިސާ ދޫރުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެމްއެމްއޭ އިން ވަނީ ފައިސާ ނުނަގާ ތިބި 2،079 ފަރާތެއްގެ މައުލޫމާތު ވެސް އެ އިިއުލާނާ އެކު އާންމުކޮށްފަ އެވެ.