Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

މި އަހަރުގެ ފުރަތަމަ ހަފްތާގައި ސަރުކާރުން ހޭދަކުރީ އެންމެ 4،000 ރުފިޔާ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު:-- ފޮޓޯ: ޓްވިޓާ (އިލެކްޝަންސް ކޮމިޝަން)

މި ހިނގާ ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4،000ރ. ކަމަށް ދައުލަތުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއް ފަހަރު ނެރޭ މާލީ ރިޕޯޓުގައި ވާ ގޮތުން، ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ހޭދަކޮށްފައިވަނީ 4،013ރ. އެވެ. ދިޔަ ހަފްތާގެ ފަސް ދުވަހުގެ ތެރެއިން ދެ ދުވަހު ސަރުކާރު މަސައްކަތްކޮށްފައި ވާއިރު، އަނެއް ތިން ދުވަހަކީ ބަންދު ދުވަސްތަކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހޯމް މިނިސްޓްރީ އިންނެވެ. އެގޮތުން އެ މިނިސްޓްރީ އިން ވަނީ 2،600ރ. ހޭދަކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީ އިން 1،243ރ. ހޭދަކޮށްފައި ވާއިރު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 75.ރ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ވަނީ 95ރ. ހޭދަކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓުން 52 އިދާރާއަކަށް ޚަރަދުކުރާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުން ޚަރަދެއް ކޮށްފައެއް ނުވެއެވެ.

އާ ސަރުކާރުގެ ފުރަތަމަ އަހަރު ފެށުނު އިރު، މި އަހަރުގެ ބަޖެޓަކަށް ކަނޑައަޅުއްވާފައި ވަނީ 30.2 ބިލިއަން ރުފިޔާ އެވެ.