ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ރޯވި އަލިފާންގަނޑެއްގެ ސަބަބުން މުޅި ރިސޯޓުން ކަރަންޓު ކެނޑިއްޖެއެވެ.
ރޯވި އަލިފާންގަނޑު ނިއްވުމަށް ރިސޯޓުގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ ކަމަށް ޚަބަރު ލިބިފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ރީތި ބީޗް ރިސޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ކޯސްޓުގާޑުގެ ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.
ދުމުގެ އަސަރު ކުރަމުންދާތީ މުވައްޒަފުން ތިބޭ ބްލޮކު ވަނީ ހުސްކޮށްފައެވެ. އަދި ރިސޯޓުގައި ތިބި ހުރިހާ ގެސްޓުން ވެސް ވަނީ އަލިފާންގަނޑާ ދުރު ހިސާބަކަށް ރަށުތެރެއަށް ގެންގޮސްފައެވެ.
ދާދި ފަހުން ގިލި ލަންކަންފުށި ރިސޯޓުގައި ރޯވި އަލިފާންގަނޑެއްގައި ރިސޯޓުގެ ބޮޑުބައި ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.