މިއަދު ފެށުނު ދިރާސީ އާ އަހަރާ ގުޅިގެން ރާއްޖޭގައި ތައުލީމު އުނގެނޭ ހުރިހާ ދަރިވަރުންނަށް އާ އަހަރުގެ ތަހުނިޔާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެށޭ ދިރާސީ އާ އަހަރުގެ ތަހުނިޔާ އެންމެހާ ދަރިވަރުންނަށް ފޮނުވާ ކަމަށާއި މިއަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރެއް ކަމަށް އެދޭ ކަމަށެވެ.
އަދި ޚުލްގު ހެޔޮ އަހަރަކަށް ކުރިމަތިލުމަށާއި އޯގާތެރިކަން އިސްކުރުމަށް އެންމެހާ ދަރިވަރުންނަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައި ނަސޭހަތްތެރިވެފައެވެ.