Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ޝެއިޚް ހަސީނާއަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް ޑިސެމްބަރު މަހު ބޭއްވި އިންތިޚާބަށް ފަހު އަނެއްކާވެސް އިންތިޚާބުވި ޝެއިޚް ހަސީނާއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ދިވެހި ސަރުކާރު އަދި ރައީސް އިބޫ ސޯލިހްގެ ފަރާތްޕުޅުން ރާއްޖެއިން ބަންގާޅަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ވަނީ ބައްދަލުކުރައްވައި ދިވެހި ސަރުކާރުގެ ފަރާތުން އެކަމަނާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.

ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބު ޝެއިޚް ހަސީނާއާއި ކޯލިޝަން ޕާޓީ ކާމިޔާބުކޮށްފައިވަނީ %95 ގޮނޑި ކާމިޔާބުކޮށްގެނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ވޯޓުލާން ހުޅުވާލިއިރު ވެސް ވޯޓު ފޮށިތައް ވަނީ (ވަގު) ވޯޓުން ފުރާލާފައި ކަމަށެވެ.

ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ހުރަސް އަޅައި ކެމްޕޭނު ކުރުމަށް ވެސް ހުރަސް އަޅާފައެވެ. އަދި އިދިކޮޅު އެއްވުންތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް ޖަލަށް ލައި ސިފައިންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާދިޔައެވެ.