ސްރީލަންކަން އެއާލައިންސް އިން ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެ އެއާލައިންގެ "ފްލޭޝް ސޭލް" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.
އެގޮތުން އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައި ވަނީ 18 ޖެނުއަރީ 2019 ވާ ހުކުރު ދުވަހާއި ހަމައަށެވެ.
ސްރީލަންކަން އިން ބުނީ މި ސޭލްގެ ދަށުން އިކޮނޮމީ އަދި ބިޒްނަސް ކްލާސް ޓިކެޓްތައް ނަންގަވާ ފަރާތްތަކަށް 25% އާއި ހަމައަށް ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި އޮފާގެ ދަށުން ޓިކެޓް ނަންގަވާ ފަރާތްތަކަށް 15 ފެބްރުއަރީ އިން 20 ޖޫން 2019 އާއި ހަމައަށް ދަތުރުކުރެވޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
ސްރީލަންކަން އިން ބުނީ މި އޮފާގެ ދަށުން ސީދާ އެ އެއާލައިންގެ ވެބްސައިޓް www.srilankan.com އިން ޓިކެޓް ނެންގެވޭނެ ކަމަށެވެ.
ސްރީލަންކަން އިން ދަނީ އެ އެއާލައިންގެ ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ.