Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ފުލުހުންގެ ތަހުޤީޤަށް މީހަކު ހޯދަނީ

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.ގޮގްރެސްމާގެ، މުޙައްމަދު ސިޔާދު (38އ) ކަމަށެވެ.

އަދި މުޙައްމަދު ސިޔާދުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.