ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު އިއްޔެ އެމްޑީޕީން ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު ކެންޑިޑޭޓުންގެ ފަރާތުން ރައީސް ނަޝީދުގެ "ކާމިޔާބީގައި ހިތްތިރި ކަމާއި ނާކާމިޔާބީގައި ހިތްވަރު ކުރުމުގެ" ރީތި މިސާލު ދައްކަވައިފިއެވެ.
ނަން މަޝްހޫރު ބޮޑެތި ކެންޑިޑޭޓުންތަކެއް އިއްޔެގެ ޕްރައިމަރީގައި ބައިވެރިވެ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ނަމަވެސް އެބޭފުޅުންގެ ފަރާތުން ފެނިވަޑައިގެންނެވި މިސާލުތަކުން ގިނަ ބަޔެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.
އައްޑޫ ސިޓީއަށް ބަލާލާއިރު ހިތަދޫ އުތުރު ދާއިރާއިން މިހާރުވެސް ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު އަސްލަމް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ހޯދާފައެވެ. އަސްލަމް ވަނީ ޓިކެޓު ކާމިޔާބުވިކަން ޔަގީންވުމުން ވާދަކުރެއްވި ކެންޑިޑޭޓުންނާއެކު ފޮޓޯއެއް ނަންގަވާފައެވެ. އަސްލަމާ އެންމެ ގާތުން ވާދަކުރި ފަޒާ އަހުމަދު ފޮޓޯގައި ނެތް ނަމަވެސް ދެން ތިބި ކެންޑިޑޭޓުންގެ ފަރާތުން ފެނިގެން ދިޔައީ ހިތްހެޔޮ ކަމާއި އެކުވެރި ކަމެވެ.
ހިތަދޫ މެދު ދާއިރާ އިން ބްރިގޭޑިއާ ޑީޑީ ނާކާމިޔާބުވެވަޑައިގެންނެވިކަން ކަށަވަރުވުމާއެކު އެމަނިކުފާނު ވަނީ ޓިކެޓު ކާމިޔާބު ކުރެއްވި ޗެކްމާކް އަހުމަދު ރަޝީދަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއަދު ހެނދުނު ޑީޑީ ވަނީ އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ މެމްބަރުންގެ ކިބައިން މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރަޝީދަށް ވޯޓު ދެއްވުމަށް އިޚުލާސްތެރިކަމާ އެކު އެދިވަޑައިގެންފައެވެ.
Alhugandah iyye primary ga vote dhevvi emme beyfulhunnah Alhugadu ge ikhlaas theri ilthimaas akee primary ga kaamiyaab hoadhdhevi candidate fahappulhu ga @mdp ah Hithadhooo medhu dhaairaage ge godi dhifaau koh dhevvumah masakkaiy kodhdhevun.
— Ibrahim M Didi (@ibrahimmdidi) January 19, 2019
ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސައީދުގެ ދެކަނބަލުން ވެސް ފޯރިގަދަ ކެމްޕޭނަކާއެކު ދެ ދާއިރާއަކަށް ވާދަ ކުރެއްވިއެވެ. ވިލިނގިލި ދާއިރާއިން ދިޔާނާގެ މައްޗަށް ކައުންސިލްގެ ރައީސް ހާރޫން ކާމިޔާބު ހޯއްދެވިކަން ޔަގީންވުމާއެކު ދިޔާނާ ވަނީ ސަޕޯޓަރުންގެ ހާޒިރުގައި ހާރޫނަށް މަރުހަބާ ދަންނަވައި، އެކަމަނާއާއެކު މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން މަޖިލިސް އިންތިޚާބުގައި ހާރޫނަށް ގޮނޑި ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގެންފައެވެ.
Democracy ge Namoonaa 🙏🏼Saabahey @dhiyanasaid pic.twitter.com/DEmhKoSwIr
— Mydanm❤️🇲🇻⚖️ (@mydanm) January 19, 2019
މިފަދަ އެތައް މިސާލެއް އެމްޑީޕީގެ މެމްބަރުންގެ ފަރާތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން އަންނަ އިރު އެމްޑީޕީ ނޫން ޕާޓީތަކުގެ މެމްބަރުން ވެސް އަންނަނީ އެކަމަށް ތައުރީފު ކުރަމުންނެވެ.