އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلمއަށް ބަދުބަސް ބުނާމީހާ އާއިމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
މި ކަމަށް އަލިއަޅުއްވާ ލައްވާ މިއަދު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދުބަސް ބުނާ މީހަކީ ދީނުން ބޭރުވެ މުރުދައްތުވެފައިވާ މީހެއް ކަމަށާއި އެއީ މުސްލިމުންގެ ލެޔާއި ކުޅެލުމެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދުބަސް ބުނާ މީހަކީ ދީނުން ބޭރުވެ މުރުދައްތުވެފައިވާ މީހެއް. އަދި އެއީ މުސްލިމުންގެ ލެޔާއި ކުޅެލުމެއް." ޝެއިޚް ވިދާޅުވިއެވެ.
Alhugandumen ge may nabiyya ah badhubas buna meehakee dheenun beyruve muruthadhdhuvefaiva meeheh
adhi a e muslimunge leya kulhelumeh!
kama behey muassasathakun fiyavalhuelhumakee efarathuge zimmaeh
efadha faraththakamedhu fiyavalhu ne elhumakee mujuthamauge amankan gelleynekameh pic.twitter.com/J6867hr1hG— Ilyas Hussain (@shkilyas) January 20, 2019
އިބްރާގެ ނަމުގައި ކުރިޔަށް ގެންދާ ޓްވީޓާ އެކައުންޓަކުން ވަނީ މާތް ނަބިއްޔާއަށް ބަދުބަސް ބުނެ ޓްވީޓް ކޮށްފައެވެ. ޝެއިޚް އިލްޔާސް މި ޓްވީޓް ކުރައްވާފައި މިވަނީ މިކަމަށް ދީނީ އިލްމުވެރިޔަކު ބަހެއް ވިދާޅުނުވެގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ގޮސްފައިވަނިކޮށެވެ.
ޝެއިޚް އިލްޔާސްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅުމަކީ މުޖުތަމަޢުގެ އަމާންކަން ގެއްލޭނެ ކަމެއް ކަމަށެވެ.