Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ

މ. ރިހިވިދުވަރުގެ/ މުޙައްމަދު މިޒްނީން (30އ). ފޮޓޯ: ފޮލިސް ލައިފް

ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން މި މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ސިވިލް ކޯޓުން ޖަނަވަރީ 23ވަނަ ދުވަހުގެ 11:15ށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މ. ރިހިވިދުވަރުގެ އުމުރުން 30 އަހަރުގެ މުޙައްމަދު މިޒްނީންއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.