މަޖީދީ މަގުގައި ހުންނަ މަންދު ކޮލެޖުގެ ބޭރު ބިއްލޫރިިގަނޑު ރޭ ތަޅާލައިފިއެވެ.
ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލާފައިމިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި މަޖިލީގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އޭނާއަށް އަމާޒުވެ އެ ކޮލެޖު ބޮއިކޮޓް ކުރުމަށް މީސް މީޑިއާގައި އަޑުއުލަމުން ދަނިކޮށެވެ.
އިއްޔެ ހެނދުނު ވެސް ތިން ޒުވާނަކު ވަނީ މަންދު ކޮލެޖް ކުރިމަތީ އިބުރާއާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ ތިން މީހުން ފުލުހަށް ގެންގޮސް ސުވާލުކޮށް ވަނީ ދޫކޮށްލާފައެވެ. އަދި އޭގެ ފަހުން ރޭ އެ ކޮލެޖްގެ ކައިރިއަށް އެއްވި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިބްރާ ހައްޔަރު ކުރުމަށް ގޮވާލާފައި ވެއެވެ.
އެ އެއްވުމުގައި ތިބި ބައިވެރިން އަޑު އުފުލީ އިބްރާ އިސްލާމް ދީނާ ފުށު އަރާ ވާހަކަތައް ދައްކަވާ ރަސޫލާއަށް ފުރައްސާރަކުރާ ކަމަށް ބުނެ އެވެ.
ޓްވީޓާގައި އިސްލާމްދީނާ ފުށުއަރާފަދަ ވާހަކަ އިބްރާ ދެއްކުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.