މަޝްހޫރު ބޮލީވުޑް ތަރި ޝިލްޕާ ޝެއްޓީ ކުންދްރާއާއި އޭނާގެ މަންމަ އަދި ދައްތަ ލޯނެއްގެ މައްސަލައިގާ ކޯޓަށް ހާޟިރުކޮށްފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅި އޮޓޯމޯބައިލް ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ޕަރްހާދު އާމްރާ ބުނެފައިވަނީ ޝިލްޕާގެ ބައްޕަ ސުރެންދުރަ ޝެއްޓީ އޭނާ އަތުން 21 ލައްކަ ރުޕީސް 3 ފަހަރު މަތިން އަނބުރާ ދައްކާ ގޮތަށް ހޯދާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ އިންސްޓޯލްމަންޓް ނުދެއްކެނީސް ސުރެންދުރަ ޝެއްޓީ ދުނިޔެ ދޫކުރި ކަމަށާއި އެހެން ކަމުން ބާކީ ފައިސާ ހޯދުމަށް ޝިލްޕާ އަދި އޭނާގެ މަންމަ އާއި ކޮއްކޮ ގާތަށް ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާ ދިޔުމުން ދައްކަންޖެހޭ ފައިސާއެއް ނުހުންނާނެ ކަމަށް ބުނެ ޝިލްޕާގެ އާއިލާއިން އެ ފައިސާ ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށް ޕަރްހާދް ވަނީ ބުނެފައެވެ.
ސުރެންދްރަ އެ ފައިސާ ހޯދާފައިވަނީ އޭނާގެ އަނބިމީހާ ސުނަންދާއާއި ދެދަރިން ކަމަށްވާ ޝިލްޕާ އަދި ޝަމީތާގެ ނަމުގައި ކުރިޔަށް ގެންދާ ކުންފުންޏެއްގެ ވިޔަފާރި ކަމެއްގައި ކަމަށް ވެސް ބުނެފައިވާ ކަމަށް ޕަރްހާދް ބުނެފައިވެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މި ހިނގާ ޖެނުއަރީމަހުގެ 29 ވަނަ ދުވަހު މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ.