ބިގް ބޮސް ސީޒަން 11 ކާމިޔާބު ކުރި އިންޑިއާގެ ޑްރާމާ ސީރީޒް ތަކުގައި ހަރަކާތްތެރިވި ޝިލްޕާ ޝިންޑޭ އޭނާގެ ޓްވިޓާ އެކައުންޓް ޑިލީޓްކޮށްލައިފިއެވެ.
ޝިލްޕާ އޭނާގެ ޓްވިޓާ އެކައުންޓް ޑިލީޓް ކޮށްލާފައިވަނީ 23 ޖެނުއަރީވީ ބުދަ ދުވަހުއެވެ.
ޓައިމްސް އޮފް އިންޑިއާއިން ޝިލްޕާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިލްޕާ އޭނާގެ އެއަކުންޓް ޑިލީޓް ކޮށްފައިވަނީ ސޯޝަލް މީޑިއާއާއި ދުރުގައި ހުރުމަށެވެ. އަދި ޓްވީޓާއަކީ އެއްވެސް ބޭނުންތެރި އެއްޗެއް ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ޝިލްޕާ ބުނެފައިވެއެވެ.
ޓްވިޓާގައި މީހަކު ދެކޭ ގޮތެއް ހާމަ ކުރެވެން ނޯންނަ ކަމަށާއި ކޮންމެ ފަހަރަކު އޭނާ ދެކޭގޮތެއް ޓްވީޓް ކުރުމުން ސަޕޯޓަރުން އޭނާއާއި ދެކޮޅުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ބިގް ބޮސް 12 ގެ ބައިވެރިއެއް ކަމަށްވާ ސްރީޝާންތްއަށް އޭނާ ސަޕޯޓް ކުރުމުން ވެސް މީހުން އޭނާއާއި ދޭތެރެ ހިތްހަމަނުޖެހިގެން ޓްވީޓް ކުރިކަމަށް ޝިލްޕާ ބުނެފައިވެއެވެ.
ކޮންމެ ކަމަކާއި ގުޅޭގޮތުން ވާހަކަ ދެއްކި ކަމުގައި ވިޔަސް ދެކޮޅަށް މީހުން ވާހަކަ ދައްކާތީ އޭނާއަށް އެކަން ހަޖަމް ކުރަން އުނދަގޫވާ ފަދަ އިބާރާތުން ޝިލްޕާ ވަނީ ވާހަކަ ދައްކާފައެވެ.
" އަހަރެންގެ އިހުސާސްތައް ނުވަތަ ބޭނުންވާ ގޮތް ހާމަކުރުމުގެ މިނިވަންކަމެއް އަހަންނަކަށް ނޯވޭ. ހުރިހާ ސުވާލެއްގެ ޖަވާބު އަހަރެން ދޭންޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން" ޝިލްޕާ ބުންޏެވެ.
މީހުންގެ ހިތްހަމަނުޖެހުމާއި އެއްވެސް ވަރަކަށް ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި ވަރަށް އަވަހަށް އޭނާގެ އިންސްޓަގްރާމް އެކައުންޓް ވެސް ޑިލީޓް ކުރާނެ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.