Last Updated: November 24, 20:29
Sunday, November 24, 2024

(މެއި 28، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ނޫނޭ…ދަރިފުޅާ. ފުރަތަމަ ދަރިފުޅު ކައިރިން ނާހާ އެހެން މީހެއް ކައިރިން އަހާނީ ކިހިނެއް؟މީރާ ދަރިފުޅުގެ ކޮންމެ ކަމަކާ މެދު ހާދަ ފަރުވާތެރިއޭ. ދަރިފުޅަށް ހެދުން ތައްޔާރު ކުރުމުގަ، ސައި ހެދުމުގަ އަދި ދަރިފުޅަށް މީރުހާ އެއްޗެތި ކެއްކުމުގައި އޭނާ އަތުކުރި އޮޅާލާފަ ހުރޭ ދަރިފުޅާ. ވަޅި ރީތީ ތޫނިއްޔާ. އަނބި ރީތީ ހެވީއްޔާ. މިއީ މުސްކުޅިން ބުނެއުޅޭ ހަރު ބަހެއް. އަނެއްކާ އޭނާ މަންމަމެނަށް ވެސް ހާދަ ހެވޭ. ދަރިފުޅާ…އެއީ ވަރަށް މާތް އަންހެން ކުއްޖެއް." ހުސްނާ ބުންޏެވެ. އެވަގުތު ކަރީމު ވެސް އައިސް އިށީނދެލި އެވެ.

"އަނހަ ދެމައިން ކޮން ވާހަކައެއްގަ؟" ކަރީމު ހިނިތުން ވެލަމުން އިށީނދެ މުރާދުގެ ކޮނޑުގައި ހިފާލި އެވެ.

"އަޅުގަނޑު މި ދައްކަނީ މީރާގެ ވާހަކަ. އެ ކުއްޖާ އެންމެންގެ ހިތް އަތުލައިފި ދޮގެއްތޯ؟ އެހެންވެ އެ ވާހަކަ މުރާދާ މި ދައްކަނީ އަދި އަޅުގަނޑުގެ ޅީދަރިޔަކަށް އެ ކުއްޖާ ހޮވި ވާހަކަ އިއުލާން ކުރީ." ހުސްނާ ވެސް ހިނިތުންވެލާފައި ބުނެލި އެވެ.

"ދެން މަންމަމެންވެސް ދައްކަވާ ވާހަކަ." މުރާދު ލަދުން ތެދުވަމުން ބުނެލި އެވެ. އަދި މުރާދު ދިޔަ ގޮތަށް ގޭތެރެ އަށް ވަންނަ ދޮރުން ވަންނަން އުޅުނެވެ.
އެވަގުތަކީ މީރާ ވެސް އެ ދޮރުން ބޭރަށް ނިކުންނަން އައި ވަގުތު ކަމުން ދެ މީހުން ރަނގަޅަށް ޖެހިފައި އެކަކު އަނެކަކުގެ ގައިގައި ބައްދާލާ ގޮތަށް ބިންމައްޗަށް ވެއްޓުނެވެ. އަޑުފަށްގަނޑު ގަދަވެގެން ހުސްނާ އާއި ކަރީމު ވެސް އެ ދިމާއަށް އަ އެވެ. އަދި އެ ދެ މީހުން ތިބި ހާލު ފެނިފައި އެކަކު އަނެކަކަށް ބަލާލާފައި އެނބުރި ދިޔަައީ ހެމުންނެވެ.

"ތަދުވިތަ؟" ތެދުވަން މަސައްކަތް ކުރަމުން މީރާ އަހާލި އެވެ.

"އުނހު…ތިހާ ރީތި ކުއްޖަކާ އެކު ވެއްޓުނީމާ ތަދުވާނީ ކިހިނެއް؟" މުރާދު ކުއްލިއަކަށް ތެދުވެ ބުނެލި އެވެ. އަދި މީރާ ތެދު ކުރި އެވެ. މުރާދުގެ އެފަދަ ބީހިލުމަކުން ވެސް މުޅި މީރާގެ ގައިގާ ހީވީ ކަރަންޓުގެ ބާރެއް ހިނގައިގަތީ ހެންނެވެ.

މީރާ ކޮޓަރި އަށް ދިޔަ އެވެ. އަދި ދޮރު ލައްޕާލުމަށް ފަހު ދޮރުގައި ލެނގިލި އެވެ. އަދި ފުންކޮށް ނޭވާލާން ފެށި އެވެ. މަންމަ އާއި މުރާދު ދެއްކި ވާހަކަ މީރާ އަޑު އެހި އެވެ. މީރާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހަން ފެށި އެވެ. އުފަލުން އޭނާ ﷲ އަށް ޝުކުރު އަދާ ކުރި އެވެ.

ޖެހިގެން ހުރި އެނދުގައި ބޯމަތި އަތް ބާއްވާލައިގެން ފިކުރަަކަށް ގެއްލިފައި ސާރާ އޮތެވެ. އަދި ކުއްލިއަކަށް މާ ބާރަށް މީހަކު ނޭވާލާ އަޑު އިވުނީމާ ބޯ ހިތްލާލާފައި ބަލާލި އެވެ. އަދި ހައިރާންކަމާ އެކު މީރާ އާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

"މީރާ…" ސާރާގެ ގޮވާލުމާއެކު މީރާ ހޭވެރިކަން ވި އެވެ.

"އަ..ޅު..ގަނޑު.." މީރާ ވާހަކަ ދައްކަން އުޅެފައު ހުއްޓުން އެ ރިއެވެ. އަދި ލަދުވެތި އަދާއަކާ އެކު ކުޑަދޮރު ކައިރިއަށް ދިޔައެވެ.
ސާރާ ވެސް އޭނާގެ ފަހަތުން ގޮސް ހުއްޓިލި އެވެ.

"ކީއްތަ ވީ؟ މަޖްނޫނެއް ފަދައިން ތިޔަ އުޅެނީ ކިހިނެއްވީ؟"

މީރާ ލަދުން ގަނެފިކަން އޭނާގެ މޫނު މައްޗަށްް އެރި ކުލަވަރުން އެނގުނެވެ.

"އަހަރެން މިއަދު މި ދަނީ މަދުރާއީ އަށް ދާން. ބޭނުމއްޔާ ބޭބެއ އާއި އަހަރެންނާ އެކު ދެވިދާނެ." ސާރާ އޭނާގެ ކުޑަ ދަބަހަށް ރީތިވާ އެއްޗެހި އަޅާލަމުން ބުނެލި އެވެ.

"އަހަރެން…އާނ…ދާނަން. ދިހަ މިނެޓް ދީ ތައްޔާރު ވެލާނަން." މިހެން ބުނަމުން މީރާ ފުއްލާއެއް ފަދައިން ދުއްވައިގަތެވެ. އަދި ބާރަށް ކާ ގެއަށް ދިޔައެވެ. އެވަގުތު މުރާދު އާއި ހުސްނާ އަދި ކަރީމް ކާ މޭޒް ކައިރިއަށް އަންނަނީ އެވެ.

"އަނހަ ދަރިފުޅު ކޮބާ ސާރާ ގޮވާބަލަ ބުނޭ ކާން އަންނާށޭ." ހުސްނާ މީރާ ކައިރީ ބުނެލިއެވެ.

"ލައްބަ މިހާރު މި ގޮވަނީ." މިހެން ބުނެލަމުން މީރާ ކޮޓަރި އާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ސާރާ ވެސް ކޮޓަރިން ނިކުމެގެން އެ ދިމާއަށް އަންނަނީ އެވެ.

"ބަލަ ބޭބެ އަދި ތައްޔާރެއް ނުވަމުތަ؟" ސާރާ މުރާދު ކައިރިއަށް ހުއްޓިލަމުން ބުންޏެވެ.

"ކޮއްކޯ. ޓްރޭން އޮތީ ހަވީރު ފަހެކުކަން ނޭގުނީތަ. އަދި ކިރިޔާ އެޖެހީ އެކެެއް." މުރާދު ހިނިތުން ވެލަމުން ސާރާ އަށް ކިޔައި ދިނެވެ.

"ބަލަ ތި ތަނަށް ދަނީ ކޮން ބައެއްތަ؟" ކަރީމު ތުންފަތުން ސިނގްރެޓް ކަށިގަނޑު ނައްޓާލަމުން ބުނެލި އެވެ.

"އަޅުގަޑާ ބޭބެ އާއި މީރާ." ސާރާ ދާ މީހުންގެ ކުޑަ ލިސްޓު އަތުގެ އިނގިލިތަކުން ދައްކާލަމުން ކިޔާލި އެވެ.

މުރާދު އާއި މީރާ އެކަކު އަނެކަކަށް ބާލާލާފައި ހިނިތުންވެލި އެވެ. އާނއެކޭ މިއީ އަހަރެމެން ވެސް އެދޭ ގޮތޭ ބުނެ ދެ މީހުންގެ ހިތުން ވެސް ކިޔާލިއެ ވެ. ވަރަށް ފުރިހަމަ އަށް ފަސް މީހުން ކައި ނިމިގެން ތެދުވި އެވެ. އަދި މީރާ ސާރާ އާ ދެ މީހުން ދަތުރަށް ތައްޔާރުވާން ދިޔައީ އެވެ.

(ނުނިމޭ)