Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ލ. ގަމުގެ ޕްރީސްކޫލެއްގެ ފައިސާތަކެއް ވަގަށް ނަގައިފި

ޕްރީ ސްކޫލުން ވައްކަންކޮށްފައި ވަނީ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން - ފޮޓޯ: ޕޮލިސް

ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަ ޕްރީ ސްކޫލަކުން ރޭ ދަންވަރު ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ މައްސަލަ މިއަދު ހެނދުނު 06:45 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެ ފައިސާތައް ވަގަށް ނަގާފައި ވަނީ އެ ސްކޫލްގެ އޮފީހުގެ ދޮރެއް ހަލާކުކޮށްލައި ވަދެގެންނެވެ. އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ 9،895 ރުފިޔާ އެވެ.

އެ ސްކޫލުން ރޭ ވައްކަންކޮށްފައިވާއިރު، އެ ޕްރީ ސްކޫލްގައި ސީސީޓީވީ ކެމެރާއެއް އަދި ސެކިއުރިޓީ ގާޑެއްވެސް ނުހުންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.