މަރުވިތާ ގިނަ ދުވަސްވެފައިވާ 30 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފޮއްޓެއްގެ ތެރެއިން ފެނިއްޖެއެވެ.
އިންޑިއާގެ ބިހާރުގެ ގާޔާކިޔާ އަވަށަށް ނިސްބަތްވާ މި އަންހެންމީހާގެ ހަށިގަނޑު ފެނިފައިވަނީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮއްވައެވެ. ފެނުނު އިރު އޭނާގެ ހަށިގަނޑު އޮތީ ކޮޓަރެއެއްގައި ބަހައްޓާފައިހުރި އެނދުގެ ދަށަށްވާ ބައި ފޮއްޓެއް ގޮތަށް ހަދާފައިވާ ތަނުގެ އެތެރެއިންނެވެ.
މި އަންހެންމީހާގެ ނަމަކީ ބަބީތާ ކަމަށް ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އަންހެންމީހާ ދިރިއުޅެމުންދިޔައީ އޭނާގެ ފިރިމީހާ ރާޖޭޝްއާއިއެކު އޭނާގެ ހަށިގަނޑު ފެނުނު ގޭގެ ކައިރީގައި ހުރި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމަށް ޚަބަރުތައް ބުނެއެވެ.
ބަބީތާ މަރާފައި އެ ފޮއްޓަށް އަޅާފައިވަނީ އޭނާގެ ފިރިމީހާ ކަމަށް ޝައްކުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. ރާޖޭޝް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު މިހާތަނަށް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ބަބީތާގެ ހަށިގަނޑު ފެނުނީ އެ ގޭގެ ވެރިފަރާތް ކަމަށްވާ ދިނޭޝް ގޭތެރެއިން ނުބައި ވަސް މާގަދައަށް ދުވާތީ ގޭތެރެ ހޯދަމުން ގޮސް އެނދުގެ ދަށުގައި ހަދާފައިހުރި އެ ފޮށިހުޅުވާލުމުންނެވެ. ރާޖޭޝް މަސައްކަތް ކުރަމުން ދިޔައީ ދިނޭޝްގެ ޓެކްސީއެއްގައެވެ.