ރޭ ފަތިހު ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައި އަލިފާން ރޯވެ ލިބުނު ގެއްލުން ބައްލަވާލެއްވުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު އެ ރިސޯޓަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓަރު ވަނީ އަލިފާން ރޯވި މޫދު ކޮޓަރީގައި ތިބި ފަތުރުވެރިންނާ ބައްދަލުކޮށް، އެމީހުންގެ ހާލު ބައްލަވާފައެވެ. އަދި ސަރުކާރުން ކޮށްދެވެން ހުރި ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފަތުރުވެރިންނަށް އެރުވިއެވެ. އަލިފާނުގެ ސަބަބުން ދެމީހުންނަށް ވެސް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
Minister @ali20waheed visits @TajMaldives and met with the management to ensure Government’s assistance following the incident this morning. Minister also met with the guests who were staying in the room where the incident happened, and assured support and help to them. pic.twitter.com/ULgtngJU5Y
— Ministry of Tourism (@MoTmv) January 29, 2019
އަލީ ވަހީދު ވަނީ ރިސޯޓުގެ މެނޭޖްމަންޓާއި ވެސް ބައްދަލުކުރައްވައި ހާދިސާގެ މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ސަރުކާރުގެ އެހީތެރިކަން ރިސޯޓަށް ލިބޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލިފާންގަނޑު އެމްއެންޑީއެފްއަށް ކޮންޓްރޯލް ކުރެވުނީ ރޭ ފަތިހު ފަހެއް ޖަހާފައިވަނިކޮށް ކަމަށް މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، ދާދި ފަހުން ގިލި ލަންކަންފުށި ރިސޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.