ކުރިން ޓީވީއެމްގައި މަސައްކަތްކުރި ނޫސްވެރިޔާ ލީޒާ ލޯރެލާ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާއަށް ވާދަކުރާކަން އިއުލާން ކޮށްފިއެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ޕީޕީއެމް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ފެނިގެން ދިޔަ ލީޒާ ގިނަ ދުވަސްތަކެއް ވަންދެން ޓީވީއެމްގައި މަސައްކަތް ކޮށްފައެވެ. ރައީސް އޮފީހުގެ މީޑިޔާ ކޯޑިނޭޓަރުގެ މަގާމު ފުރުއްވުމަށް ފަހު ތައުލީމް ހާސިލް ކުރުމަށް ކަމަށް ބުނެ ލީޒާ ވަނީ މަގާމް ދޫކުރައްވާފައެވެ.
ވެލިދޫ ދާއިރާއަށް ވާދަކުރާ ކަން ލީޒާ އިއުލާންކޮށްފައިވާއިރު އެދާއިރާގެ މެމްބަރު ޔާމީން ރަޝީދަށް ދާއިރާގެ ޕީޕީއެމް ޓިކެޓު ދީފައިވަނިކޮށް ޔާމީން ވަނީ ޕީޕީއެމް ދޫކޮށް އެމްޓީޑީއާ ގުޅިވަޑައިގެންފައެވެ.
އެމްޓީޑީ ޓިކެޓުގައި ޔާމީން މަޖިލިހަށް ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު އޭނާ މިފަހަރު ވެލިދޫ އަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައެއް ނުވެއެވެ.