ފުރަތަމަ ބޮޑު ހަނގުރާމާގައި ޖަރުމަނުން ބޭނުން ކުރި ގްރެނޭޑެއް ހޮނގްކޮންގް އަށް ފޮނުވި އަލުވި ޝިޕްމެންޓެއް ތެރެއިން ފެނިއްޖެއެވެ.
ފްރާންސުން ޗައިނާގެ ޕޮޓޭޓޯ ޗިޕްސް ފެކްޓްރީއަކަށް ފޮނުވި އަލުވި ބަސްތާތަކެއްގެ ތެރެއިން ފެނުނު މި ގްރެނޭޑު ގޮވާފައެއް ނުވެއެވެ.
ހޮންގކޮންގ ފުލުހުން ވަނީ ރައްކާތެރިކަމާއެކު ގްރެނޭޑް ނުގޮވާ ގޮތް ހަދާފައެވެ. އެ މަންޒަރު ފުލުހުން ވަނީ ޓުވިޓާގައި އާންމުވެސް ކޮށްފައެވެ.
ބޮޑު ހަނގުރާމަތަކުގައި ބޭނުންކުރި މިފަދަ ދުވަސްވީ ހަތިޔާރުތައް ވަރަށް ގިނައިން އަދިވެސް ފެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާ ފަދަ ގައުމުތަކުގައި ހަރުކުރި ގޮވާ މައިންތައް ވެސް އަދިވެސް ބައެއް ސަރަހައްދުގައި ތިބޭ ކަމަށެވެ. އެފަދަ ތަންތަނަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބައެއް ގައުމުތަކުގައި ވަނީ ހަދާފައެވެ.