ހުކުރު ނަމާދު ކުރާ އިމާމުންނަށް އައްޑޫން ހުއްދަ ލިބޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައްޑޫގައި ހުރުކު ނަމާދު ކުރާ އިމާމުންނަށް ސީދާ މިނިސްޓްރީން ހުއްދަ ދޫކުރުމުގެ ބަދަލުގައި މިހާރު އައްޑޫން އެކަން ކުރެވޭނެ ކަމަށެވެ.
އެގޮތުން އެކަން ކުރަން ނިންމާފައި ވަނީ އައްޑޫގެ ދީނީ އިލްމުވެރިންގެ ކޮމިޓީއަކުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ބައިވެރިވުމެއް ވެސް އޮވެގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހުކުރު ކުރަން ނަމާދު ކުރަން ޝައުގުވެރިވާ އިމާމުންނަށް ސީދާ އައްޑޫން ހުއްދަ ލިބޭ ގޮތަށް ހަމަޖެހިގެން ދިއުމާ އެކު، ހުއްދަ ހޯދުމުގައި ކުރިއާ ހިލާފަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ އަތޮޅަކުން ހުކުރު ކުރާ އިމާމުންނަށް ސީދާ އަތޮޅަކުން ހުއްދަ ލިބޭ ގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.