ދިގު އިންތިޒާރަކަށްފަހު ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރްގެ ޑާންސް ފިލްމްގެ ޓައިޓަލް އާއި ފިލްމް ރިލީޒްކުރާ ތާރީޚް އިއުލާންކޮށްފި އެވެ.
"ސްޓްރީޓް ޑާންސަރ"ގެ ނަމުން ނަން ދީފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު އެވެ.
ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ މި ފިލްމްގެ ވާހަކަތައް މީޑިއާގައި ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ރޭމޯ ޑައިރެކްޓްކުރި ޑާންސް ފިލްމަށް ކިޔަނީ "އޭބީސީޑީ 2" އެވެ. އެހެންނަމަވެސް މިފަހަރުގެ ފިލްމްގެ ޓައިޓަލް ލަފާކުރެވޭ ގޮތުގައި ބިނާކޮށްފައި ވަނީ ގޯވިންދާގެ މަޝްހޫރު ލަވައެއްގެ މައްޗަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފިލްމްގެ ޓީމް ވަނީ ޝޫޓިންގ ފުރަތަމަ ޝެޑިއުލްއަށް އަމްރިތުސަރް އަށް ގޮސްފައެވެ. ފުރަތަމަ ޝޫޓިންގ ނިންމާލާފައިވާއިރު، އެ ޝޫޓިންގގައި ޕަންޖާބީ އެކްޓްރެސް ސޯނަމް ބަޖްވާވެސް ބައިވެރިވި އެވެ.
މި ފިލްމްގައި ވަރުން ފެނިގެންދާނެ ގޮތުގެ ފޮޓޯއެއްވެސް ވަނީ ދައްކާލާފައެވެ.
One “step” closer to the name.
The rule breakers of 2k19 are here⚡#3IsComing@ShraddhaKapoor @PDdancing @Norafatehi @Tseries @itsBhushanKumar @Lizelle1238 @remodsouza pic.twitter.com/1rvhL9MrSa— VarunDhawan (@Varun_dvn) February 4, 2019