ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައެއް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަޙުޤީޤުކުރަމުންދަނީ މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ގެނެވުނު ފަރާތަކަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިފަދަ މައްސަލައެއް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އަނިޔާކުރާ ކަމަށް ވަރަށް ގިނަ ކުށްވެރިން ބުނެއެވެ.