އިންޑިއާގެ މަޝްހޫރު ރަން އަޑުގެ ވެރިޔާ ސޯނޫ ނިގަމް އައިސީޔޫގައި ދެ ދުވަސް އެޑްމިޓް ކުރެވިފައި އޮތުމަށްފަހު މިހާރު ގެއަށް ފޮނުވާލައިފިއެވެ.
ސޯނޫ އައިސީޔޫގައި ބޭއްވުނީ ކެވުނު އެއްޗެއްގެ ސަބަބުން އާދަޔާއި ޚިލާފަށް ހަމުގައި ފިއްގަނޑުތަކެއް ނަގައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. މާބޮޑަށް ފިއްނެގުމުގެ ސަބަބުން ބޭހަކުން ރަނގަޅު ނުވާނެހެން ހީވުމުން ސޯނޫ އަވަހަށް ހޮސްޕިޓަލަށް ގޮސް އައިސީޔޫއިން ފަރުވާ ހޯދަން އެދުނެވެ. އެތަނުގައި 2 ދުވަސް ވަންދެން އޭނާ އެޑްމިޓް ކުރެވި ދެ ދުވަހުގެ ފަރުވާއަށް ފަހު އޭނާ ވަނީ ގެއަށް ފޮނުވާލާފައެވެ.
ސޯނޫގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޮޑިޝާގައި އޮތް މިޔުޒިކަލް ކޮންޓެސްޓްއަކަށް ދިޔުމަށް ސޯނޫ ތައްޔާރުވަމުންދާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރެއެވެ.