ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަ ޕަކްސަ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާ ގުޅިގެން އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ރާޖަޕަކްސަ އަދި ނަމާލްއާއި ބައްދަލުކުރައްވައި މަޝްވަރާ ބަދަލު ކުރެއްވިއެވެ. ނަމާލް، ދިވެހި ބަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ޚާއްސަ ރަހުމަތްތެރިކަމާ ގުޅޭގޮތުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅު އަޑު އެއްސެވީ ޝައުގުވެރިކަމާއެކުގައި ކަމަށެވެ.
Raees Ibrahim Mohamed Solih aa badhdhalu vumakee libunu sharafeh. Sri Lanka aai Dhivehi Raajje aai dhemedhu oiy dhuvas vee rahmaiy theri kamaai medhu Raees Solih dhekevadaigannavaa goiy varah shawq veri kamaa eku ehin. pic.twitter.com/5YBmzOQTBC
— Namal Rajapaksa (@RajapaksaNamal) February 5, 2019
އަދި، ސްރީ ލަންކާއަކީ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ގައުމުތަކުގެ ލިސްޓުގައި ތިންވަނާގައި އޮތް ގައުމަށް ވާއިރު މިކަމަކީ އަދުގެ މާހައުލާ ވަރަށް ގުޅުންހުރި ކަމެއް ކަމަށް ނަމާލް ވިދާޅުވިއެވެ.
ދިވެހި ރާއްޖެއާ އަވަށްޓެރި ގައުމުތަކާއި އޮތް ގުޅުން ފާއިތުވެދިޔަ ފަސް އަހަރު ދުވަހު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ އެކަން ހައްލު ކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ރަނިލް އަދި ރައީސް ސިރިސޭނާއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސް ސިރިސޭނާ ވަނީ ލަންކާއާއި ރާއްޖޭގެ ގުޅުން ދުވަހަކު ވެސް ނުކެނޑޭނެ ކަމަށާއި އެހީތައް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.