އަބަދުވެސް އިންސާފަށް ލޯބި ކުރަންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މިއަދު ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތިމާ ތާއީދުކުރާ މީހާ ގޯސްކަމެއް ކުރީމަ ނުފެނިފަ ނުވަތަ ފެންނަ ކަމަށް ނުހަދާ ރުޅި އަރާ މީހާއަށް ކުރެވޭ ނުބައި ކަމަށް ރުޅި އެރުމަކީ އިންސާފެއް ނޫންކަމަށެވެ.
Abadhuves insaafah loabi kuran jehe eve. Thimaa thaaeedh kuraa meehaa goas kameh kureema nufenifai, nuvatha fenna kamah nuhadhaafai, rulhi araa meeha kohfaane kamah lafaa kurevey nubai kamakah rulhi erumaky insaafeh nooneve.
— Dr.Mohamed Iyaz (@dr_iyaz) February 11, 2019
"އަބަދު ވެސް އިންސާފަށް ލޯބިކުރަން ޖެހެއެވެ. ތިމާ ތާއީދުކުރާ މީހާ ގޯސްކަމެއް ކުރީމަ ނުފެނިފައި، ނުވަތަ ފެންނަ ކަމަށް ނުހަދާފައި، ރުޅި އަރާ މީހާ ކޮށްފާނެ ކަމަށް ލަފާކުރެވޭ ނުބައި ކަމަކަށް ރުޅި އެރުމަކީ އިންސާފެއް ނޫނެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
މިއީ ކޮންކަމަކާއި ގުޅުވައިގެން ވިދާޅުވި ވާހަކައެއް ކަމެއް އެ ބޭފުޅާ ހާމަކުރައްވާފައެއް ނުވެއެވެ.