އެސްޓިއޯއަށް އެކި ކުންފުނިތަކުން ލިބެން ޖެހޭ 2.4 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށާއި އެފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ވައްދާފައިވާކަމަށް އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެެއެވެ.
އަމްރު ވިދާޅުވީ އެފައިސާ ތަކަކީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު އެސްޓިއޯއަށް ލިބެންޖެހޭ 2.4 ބިލިޔަން ރުފިޔާ ކަމަށެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން އަމްުރު އިތުރަށް ވިދާޅުވީ އެކުންފުނިން ވިއްކާ ތެލުންނާއި އެސްޓީއޯގެ ތަންތަން ކުލީގެ ގޮތުގައި ގިނަ އަދަދެެއްގެ ފައިސާ ނުލިބިވާކަމަށެވެ. މީގެ ތެރެއިން ގިނަ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިފްކޯ އާއި ފެނަކައަށް ތެޔޮ ދޫކޮޮށްގެން ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާ އަދިވެސް ނުލިބޭކަމަށެވެ.
"ފެނަކައިން އެކަނިވެސް 685 މިނިއން ރުފިޔާ އެބަހުރި. ތެޔޮ ގެންދޭ. ތެޔޮ ދޭން ޖެހޭ. އެހެން ނޫނީ ރަށްރަށުގައި ކަރަންޓެއް ނުހުއްނާނެ. މިފްކޯއަށް އެބަ ދޭން ޖެހޭ ތެޔޮ އެކަމަކު އަނބުރާ ފައިސާއެއް ނުލިބޭ. މިފްކޯ ހިންގަންވެެސް ތެޔޮ އެބަ ބޭނުންވޭ. އެހެން ނޫނީ މަސްވެރިން ބާނާ މަހެއް ނުގަނެވޭ"
އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިފްކޯ އާއި ފެނަކައަށް ތެޔޮ ދޫކުރަން ޖެހޭތީ މިހާރު އެސްޓިއޯއިން ތެޔޮ ގަންނަނީ ބޮޑު އިންޓްރެެސްޓްގައި ލޯނު ނަގައިގެން ކަމަށެވެ. އަދި މިއީ ކުންފުންޏަށް ހަރަދު ބޮޑު ގޮތެއް ކަމަށެވެ.
"
އެސްޓީއޯއިން މިހާރު ތެޔޮ ގަންނަނީވެސް މި ލޯނު ނަގައިގެން. ބޮޑު އިންޓަރެސްޓް ރޭޓްގައި. އެންމެ ބޮޑު ޚަރަދެއް ދަނީ އެކަމަށް. ފައިނޭންސިން ކޮސްޓަށް"
އަމްރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ލިބެން ޖެހޭ ފައިސާ އެހެން ތަންތަނުގައި ހިފެހެއްޓިފައި ހުރުމުގެ ސަަބަބުން ކުންފުންޏަށް ފައިދާ ނުވާކަމަށެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ އެފައިސާ ކޯޓު މެދުވެރިކޮށް ހޯދުމަށް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓިއޯ މެދުވެރިކޮށް ގިނަ ކަރަޕްޝަން ހިންގާފައިވާކަމަށް އޭރުވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް އޭރު އެސްޓިއޯގެ ވެރިން އެވާހަކަ ދޮގު ކުރިއެވެ.
އެސްޓީއޯ އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނި އެކެވެ.