Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ކެލާ މަރުކަޒުން ނުބައި ބޭސްތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހއ.ކެލާ ސިއްހީ މަރުކަޒުން ޒުވާނަކަށް ނުބައި ބޭސްތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ ކެލާ މަރުކަޒުން ނުބައި ބޭސްތަކެއް ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައަކާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

ކެލާ ސިއްހީ މަރުކަޒަށް ހުން އައިސްގެން ދިޔަ ޒުވާނަކަށް ދިން ބޭހުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ފޮޅު ނަގައި އޭނާގެ ހާލު ސީރިއަސްވެފައިވާކަމަށް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މައްސަލާގައި އެޒުވާނާއަށް ދިން ބޭހުގެ ތަފްސީލް ބަލައި، އެކަން ހިނގާދިޔަ ގޮތް ބަލާނެކަމަށެވެ.