Last Updated: November 24, 20:29
Sunday, November 24, 2024
ރިޕޯޓް

ރިޔާސީ ކެންޑިޑޭޓުންގެ "ޖާދޫ"

އަންނަ ރިއާސީ އިންތިހާބުގެ ވޯޓުލުން ކައިރިވަމުންދާ އިރު އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ދަނީ އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެކި ކަހަލަ "ޖާދޫ" ރައްޔިތުންނަށް ދައްކަމުންނެވެ.

ގިނަ ވަޢުދުތައްވެ އެ ކަންތައްތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން ވެސް ދެެއްވަމުންނެވެ. މާޒީން އަޅުގަނޑުމެންނަށް ލިބުނު އިބްރަތްތަކާއި އަޅުގަނޑުމެންނަށް އެކަމަކީ ވެދާނެ ކަމެއްތޯ މިއީ ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެކެވެ.

ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރަނީ އެ ބޭފުޅުންގެ ޕާޓީ އަށް ވެރިކަން ނުވަތަ ބާރު ލިބޭ ފަދަ ގޮތަކަށް ކަންތައްތައް ކުރުމެވެ. ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލު ކުރުމަށް އޭރު ގިނަ މީހުން ނިކުތީ މައުމޫނުގެ ސަރުކާރުގެ "ދޯހަޅި" ކަމާއި ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކުރެވޭނީ ވެރިކަން ބަދަލުކޮށްގެން ކަމަށް ބުނެ އޭރުގެ ސިޔާސީ ގިނަ މީހުން އެއްބައިވެގެންނެވެ.

އެއަށް ފަހު ރައީސް ކަމަށް އަރާވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ވެރިކަން ތިން އަހަރު ތެރޭ ބަދަލު ކުރެއްވީ "ލާދީނީ" ގެ ކަންތައްތައް ބޮޑުވެގެން ކަމަށް ސިޔާސީ ލީޑަރުން އޭރު ބުނަމުން ދިޔަ އެވެ.

މި އަންނަ ރިޔާސީ އިންތިޚާބަށް ވާދަ ކުރުމަށް ނިކުމެފައިވާ ކެންޑިޑޭޓުން ކޮންމެ ދުވަހަކު ވެސް އެތައް ވަޢުދެއް ރައްޔިތުންނަށް ވެ އެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ކުރިމަތީގައިވާ ވަޢުދުތައް ގަބޫލުކޮށް އިންތިހާބަށް ފަހު އެ ވަޢުދުތައް މަތިން ހަނދާން ނައްތާލުމުން މި މުޖުތަމައުގައި ދިރިއުޅޭ ރައްޔިތުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބިކަވަމުންނެވެ.
ނަމަވެސް ކެންޑިޑޭޓުންގެ "ޖާދޫގައި" ބައެއް މީހުން ޖެހެމުންދާތަން އެބަ ފެނެ އެވެ.

އެގޮތުން އިމާރާތްތަކުގެ ބިންގާ އަޅައިދިނުމާއި ބަނދަރު ހެދުމާއި ފަޅުކޮނުމާއި ބިން ހިއްކުމާއި އެއާޕޯޓް ފަދަ ތަފާތު މަޝްރޫއުތައް ކުރި އަށް ގެންދާނެ ކަމަށް ބުނެ ކުރެވޭ ވަޢުދުތަކާއި އަޙުދުތައް އަޑު އަހާ މިއަދު ރައްޔިތުން ކެންޑިޑޭޓުންގެ "ޖާދޫގައި" ޖެހެމުންދާ ތަން ފެންނަން ފަށައިފި އެވެ.

ކެމްޕޭން ކުރުމަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ދައްކާ ވާހަކަތަކަކީ ޒިންމާދާރު އަދި ކުރަން ބުނާކަމަކީ އެމީ ހަކަށް ކުރެވޭނެ ކަމަކަށް ވާން ޖެހެ އެވެ.
މިއަދުގެ ސިޔާސީ ހަގީގަތަކީ ވަޢުދު ވާ ގިނަ މީހުން އެ މީހުންގެ ކުރާ ވަޢުދުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ ކަމެވެ. ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ވައުދެއްވެ އެވަޢުދު ފުއްދާ މީހުން މަދު ކަމެވެ.

ކަންމިހެން އޮތް އިރު ރައްޔިތުން ވިސްނަންވީ ގިނަ ވަޢުދުތަކެއް ވާ މީހެއްގެ ފަހަތުގައި ހުރުމެއް ނޫނެވެ. ދީނާއި ޤައުމަށް އެންމެ ފައިދާކޮށް ދެވޭނެ ހަމަ އެހެންމެ ރައްޔިތުންނާ އެކީ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ހިޔާރު ކުރުމެވެ.