Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އެމްޓީސީސީގެ ޗެއަރމަނަކަށް ބޭފުޅަކު އައްޔަން ކޮއްފި

ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރމަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމްޓީސީސީގެ ޗެއާމަންއަކަށް މަޤާމަށް ހަމަޖައްސާފައިވަނީ ނ.ކުޑަފަރި ހިޔާވަހި އަލްފާޟިލް މުޙައްމަދު ފަހީމް އެވެ.

ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީ އަކީ ދަތުރުފަތުރުގެ ޚިދުމަތް، ފެރީ އަދި ބަސް ގެ ޚިދުމަތް ދޭ ކުންފުނި އެކެވެ.

ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ހިންގާ އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.