އަޅުގަނޑުމެންގެ ޅަދަރިންނަށް ތަރުބިއްޔަތު ދޭން ތިބި މީހުން އަމިއްލައަށް ތަރުބިއްޔަތުވުން މުހިއްމު ކަމަށާއި އެގޮތުން ޓީޗަރުންނާއި ތަރުބިއްޔަތާއިބެހޭ ވަޒީރު އިސްލާމީ ހެދުން އަޅައިގެން ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައިވަނީ އެ ބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
alhugadu men ge lhadharinnah tharbiyyathu dheyn thibi meehun amilla ah tharbiyyathu vun muhinmeve. noon nama ekudhinnah dhaskoh dheynee kon echcheh heyyeve? veema teacher innakee islami hedhumun hedhun alhaigen thibey bayakah vaan jeheyne eve. tharbiyyathaai behey vazeer ves eve.
— Dr.Mohamed Iyaz (@dr_iyaz) February 13, 2019
"އަޅުގަނޑުމެންގެ ޅަދަރިންނަށް ތަރުބިއްޔަތު ދޭން ތިބި މީހުން އަމިއްލައަށް ތަރުބިއްޔަތުވުން މުހިއްމެވެ. ނޫންނަމަ އެކުދިންނަށް ދަސްކޮށްދޭނީ ކޮންއެއްޗެއް ހެއްޔެވެ؟ވީމާ ޓީޗަރުންނަކީ އިސްލާމީ ހެދުމުން ހެދުން އަޅައިގެން ތިބޭ ބަޔަކަށް ވާންޖެހެއެވެ. ތަރުބިއްޔަތާއިބެހޭ ވަޒީރު ވެސް އެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
ތަރުބިއްޔަތު ދެއްވަން ތިއްބަވާ ފަރާތްތަކުން އަމިއްލައަށް ތަރުބިއްތު ނުވެ ތިއްބަވައިގެން އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭނީ ކޮންއެއްޗެއްތޯ ޑރ. އިޔާޒް ވަނީ ސުވާލު ކުރައްވާފައެވެ.