މަގުމައްޗަކީ އެންމެންނަށް ރައްކާތެރި ތަނެއް ގޮތުގަ ހެދޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި ފުރިހަމަ ސަމާލުކަން މިކަމަށް ދެވިގެން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދާދި ފަހުން މާލޭ މަގެއްގެ ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު އަންހެނެއް އެކްސިޑެންޓްވެ ސީރިއަސް ހާލަތުގައި އޮތް ވާހަކަ ލިޔެފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
Magumachakee emmenah rakkaatheri thaneh gothuga hedheynee hurihaa emmenge ebbaarulumaai furihama samaalukan mikamah dhevigen. Thimaage amilla nafsuge salaamathah edheyfadhain anekaa ah ves rakkaatherikan hoadhaa dhinun isskuran jehey. pic.twitter.com/KfMQEz0Fss
— Faisal Naseem (@FaisalNasym) February 13, 2019
ތިމާގެ އަމިއްލަ ނަފްސުގެ ސަލާމަތަށް އެދޭ ފަދައިން އަނެކާއަށް ވެސް ރައްކާތެރިކަން ހޯދާދިނުން އިސްކުރަން ޖެހޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
"މަގުމައްޗަކީ އެންމެންނަށް ރައްކާތެރި ތަނެއް ގޮތުގަ ހެދޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި ފުރިހަމަ ސަމާލުކަން މިކަމަށް ދެވިގެން. ތިމާގެ އަމިއްލަ ނަފްސުގެ ސަލާމަތަށް އެދޭ ފަދައިން އަނެކާއަށް ވެސް ރައްކާތެރިކަން ހޯދާދިނުން އިސްކުރަން ޖެހޭ." ފައިސަލް ވިދާޅުވިއެވެ.