މުސްލިމުންނަށްޓަކައި އަހަރުގެ ކޮންމެ ދުވަހަކީ "ލޯބިވެރިންގެ" ދުވަހެއް ކަމަށް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް މިހެން ވިދާޅުވީ މީގެ ގަޑިއެއްހާ އިރު ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
Muslimunnah takai aharuge komme dhuvahakee "loabiveringe" dhuvaheh. halaalu ambimeeha ah takai, loabin furigenvaa dhuvaheh. aharu therey 1 dhuvahu "avaa mendhureh fadha loabi" dhakkaafai, baakee 364 dhuvahu aniyaage shikaara akah hedhun aharumen nudhannan.https://t.co/CAU1UNvMqM
— Aneel 🇲🇻 (@aneelmv) February 14, 2019
"މުސްލިމުންނަށްޓަކައި އަހަރުގެ ކޮންމެ ދުވަހަކީ "ލޯބިވެރިންގެ" ދުވަހެއް. ހަލާލު އަނބިމީހާއަށްޓަކައި، ލޯބިން ފުރިގެންވާ ދުވަހެއް. އަހަރެއް ތެރޭ އެއް ދުވަހު "އަވާމެންދުރެއް ފަދަ ލޯބި" ދައްކާފައި، ބާކީ 364 ދުވަހު އަނިޔާގެ ޝިކާރައަކަށް ހެދުން އަހަރުމެން ނުދަންނަން." ޝެއިޚް އަނީލް ވިދާޅުވިއެވެ.
14 ފެބްރުއަރީ، ޣައިރު މުސްލިމުން ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު މަދުން ނަމަވެސް މި އަވާގައި ޖެހިގެން ދިވެހިންގެ ތެރޭގައި ވެސް މި ދުވަސް ފާހަގަ ކުރާ މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. މިއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެހެން ކަމުން މިފަދަ ކަންކަން ދަނެގަނެ އެ ކަންތަކާއި ދުރަށް ދިޔުން މުހިއްމެވެ.