Last Updated: October 20, 05:54
Sunday, October 20, 2024
ޚަބަރު

އަސްލު "ގަޓު" ރައީސަކީ އިބްރާހީމް މުހައްމަދު ސޯލިހް ދެއްތޯ: ޝެއިޚް ޒައިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ހިތުގައިވާ އިޙްތިރާމް ދެގުނަ ވެއްޖެ ކަމަށާއި އަސްލު "ގަޓު" ރައީސަކީ އެއީ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވިކަމަށް އޭސީސީ ތަހްގީގު ރިޕޯޓުގައި ހިމެނުނު މި ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު އާއި ޕްލޭނިންގެ ސްޓޭޓު މިނިސްޓަރ އަކުރަމް ކަމާލުއްދީން ތަހްގީގު ނިމެންދެން ގޭގައި މަޑު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއި ގުޅިގެން އެމަނިކުފާނަށް ދިވެހި ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ ތައުރީފް ދަނީ އޮހެމުންނެވެ.

މިކަމާއި ގުޅުވައިގެން ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އަޅުގަނޑުގެ ހިތުގައިވާ އިޙްތިރާމް ދެގުނަ ވެއްޖެ! މާޝާ ﷲ! އަސްލު "ގަޓު" ރައީސަކީ މިއީ ދެއްތޯ. ކުށްވެރިވާނަމަ، އެމީހަކަށް ފިޔަވަޅު އެޅެންވާނެ! އަދި ބަރީޢަ މީހާ ސަލާމަތްވެސް ވާންވާނެ! ވަގުން ޑީލް ހަދާނެ ކޭޝްކޮށް ވެސް! މިކަން ވެސް ބަލަން ޖެހޭ!" މިހެންނެވެ.

ރައީސް ސޯލިހުގެ ނިންމެވުމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އަދި ރައީސް ސޯލިހު އުފައްދަވާފައިވާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ މިވަރުގެ ރަނގަޅު މެސެޖެއް މިގައުމުގެ ވެރިޔަކު މިގަރުނުގައިވެސް ދެވިފައިނެތް ކަމަށެވެ. ސުއޫދު ވަނީ ރައީސްގެ ނިންމެވުމަށް ސާބަސް ދެއްވާފައެވެ.