Last Updated: November 28, 12:38
Thursday, November 28, 2024
މުނިފޫހިފިލުވުން

"ފްރޯޒެން 2"ގެ ޓީޒާ ދައްކާލައިފި

2013 ވަނަ އަހަރު ރިލީޒްކުރި އޮސްކާ އެވޯޑް ލިބުނު ޑިޒްނީ ފިލްމް ކަމުގައިވާ "ފްރޯޒެން"ގެ ސީކުއެލް ކަމުގައިވާ "ފްރޯޒެން 2"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ނެރެފި އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމްގެ ޓީޒާ އިން ފެނިގެންދަނީ އެލްސާ އޭނާގެ ކޮއްކޮ އާނާ އާއި ކްރިސްޓޮފް އާއި އަލުން ބައްދަލުވާ މަންޒަރެވެ. އަދި އެ ތިން މީހުންގެ އެމީހުންގެ ރަށް ކަމުގައިވާ އެރެންޑެލް އާއި ދުރު ތަނަކަށް ކުރާ ދަތުރުގެ އުސްއަލިތައް ވެސް ޓީޒާ އިން ފެނިގެންދެއެވެ.

މި ފިލްމްގައި އާނާގެ އަޑު އަޅައިދީފައި ވަނީ ކްރިސްޓެން ބެލް ކަމުގައިވާއިރު، އޯލާފްގެ އަޑު އަޅައިދީފައި ވަނީ ޖޯޝް ގެޑް އަދި ކްރިސްޓޮފްގެ އަޑަކީ ޖޯނަތަން ގްރޮފް އެވެ.

މި ފިލްމް ޑައިރެކްޓްކުރަނީ ޖެނިފަރ ލީ އާއި ކްރިސް ބަކް ކަމުގައިވާއިރު، ފިލްމްގެ ލަވަތައް ލިޔެދީފައި ވަނީ ކްރިސްޓެން އެންޑަރސަން-ލޮޕެޒް އާއި ރޮބާޓް ލޮޕެޒް އެވެ.

"ފްރޯޒެން"ގެ ފުރަތަމަ ފިލްމަށް އޮސްކާ އެވޯޑް ޙަފްލާގައި ބެސްޓް އެނިމޭޓެޑް ފީޗަރގެ އެވޯޑާއި، ފިލްމްގެ ލަވަ ކަމުގައިވާ 'ލެޓް އިޓް ގޯ' އަށް ބެސްޓް އޮރިޖިނަލް ސޯންގްގެ އެވޯޑް ވަނީ ލިބިފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އެ ފިލްމް ވަނީ ބްރޯޑްވޭގައި ލައިވް މިއުޒިކަލް އެއްގެ ގޮތުގައި ވެސް ލޯންޗްކޮށްފަ އެވެ.

"ފްރޯޒެން 2" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު އެވެ.