ޚިޔާނާތުގެ މައްސަލަތައް ތަޙުޤީޤުކުރަންވީ އަމާބުނީތީ ފަރަށްދާ އުސޫލުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Corruption thahqeeqkuranvee amaa buneethee farah dhaaheneh noon adhi ruhumuge lolah aibu nufenna beedhainnehves noon.
Corruption ah fahivaagothah huri enmehaa loopholes bandhukuranvee. Adhi falhehviyas farehviyas finolhehviyas rashehviyas beelamaa nulaa dhinun manaakuranvee.
— Dhiyana 🎈?🌹 (@dhiyanasaid) February 15, 2019
އެ ޓްވީޓްގައި ދިޔާނާ ވިދާޅުވެފައި ވަނީ ކޮރަޕްޝަން ތަޙުޤީޤުކުރަންވީ އަމާ ބުނީ ފަރަށްދާހެން ނޫން ކަމަށާއި، ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނަ ބީދައިންނެއްވެސް ނޫން ކަމަށެވެ.
"ކޮރަޕްޝަނަށް ފަހިވާގޮތަށް ހުރި އެންމެހާ 'ލޫޕްހޯލްސް' ބަންދުކުރަންވީ. އަދި ފަޅެއްވިޔަސް، ފަރެއްވިޔަސް، ފިނޮޅެއްވިޔަސް، ރަށެއްވިޔަސް ބީލަމާ ނުލައި ދިނުން މަނާކުރަންވީ"، އެ ޓްވީޓްގައި ދިޔާނާ ވިދާޅުވެފައި ވެއެވެ.
ދިޔާނާ މިހެން ވިދާޅުވިއިރު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ 776 ސޮފުހާގެ ތަޙުޤީޤީ ރިޕޯޓެއް އިއްޔެ ނެރެފައެވެ.
އެ ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ ރިޕޯޓާއި ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރައީސް އިބްރާހިމް ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮރަޕްޝަނަށް މި ސަރުކާރުން ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.