Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ހައިވޭގައި އެކްސިޑެންޓެއްވެ ކާރެއް ފުނޑުފުނޑު ވެއްޖެ

ސިނަމާލޭ ބްރިޖް ގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެ ފުނޑުފުނޑު ވެއްޖެ އެވެ.

ރޭ މެންދަމު ހިނގި މި އެކްސިޑެންޓު ގައި މީހަކަށް ސީރިއަސް އަނިޔާ އެއް ވެފައި ނުވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނު ބާރު މިނުގައި، މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑި ވެސް ވެއްޓި، ހައިވޭގެ ދަގަނޑު ފެންސް ވެސް އޮތީ ބިނދިފަ އެވެ.

ކާރު އޮތީ ފެންސުގެ އެތެރެއިން ޕޭވްމަންޓްމައްޗަށްވާ ގޮތަށެވެ.

ފަހަކަށް އައިސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާ ތަނަކަށް ސިނަމާލެ ބްރިޖް ވަނީ ވެފައެވެ.