އަޅުގަނޑުމެންގެ ދިފާޢީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީގެ އިތުބާރުނެތްކަމުގެ މައްސަލައަކީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫންކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު މިހެން ވިދާޅުވެފައިވާ އިރު މި މައްސަލަ ކުރިޔަށް ގެންދެވުނަ ނުދެއްވާނެ ކަމަށް ސަރުކާރުގެ ގިނަ ފަރާތްތަކަކުން ދަނީ ވިދާޅުވަމުންނެވެ.
Dhifaaee vazeeru Uz. @MariyaDidi akee alhugandumenge cabinetge hivvarugadha qaabil vazeereh. E kamanaage ithubaaru neiykamuge massala akee evves asaaseh oiy massala eh noon. Qaumu halaboli kuran zaathee gothun evves bayaku kuraa massaiykatheh kaamiyaabeh nuvaane InSha Allah.
— Ali Waheed (@ali20waheed) February 19, 2019
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި އެ ބޭފުޅާ ވެސް ވަނީ އިތުބާރު ގެއްލޭފަދަ ކަމެއް މާރިޔާ ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައެއް ފެއިލްކޮށްލައްވާނެ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވިއެވެ.