ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިއްޖެއެވެ.
މި އެކްސިޑެންޓު ހިނގި އިރު ކާރުގައި އިނީ ކާރު ދުއްވަން އިން މީހާ އެކަނި އެވެ. ނަމަވެސް އޭނާ އަށް މި އެކްސިޑެންޓު ގައި އެއްވެސް އަނިޔާ އެއް ލިބިފައި ނުވެއެވެ.
ކާރު ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ކާރަށް ވަނީ ގެއްލުން ވެފައެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ވެފައިވާ އިރު ފުލުހުން ވަނީ އެކްސިޑެންޓް ތައް ހުއްޓުވަން ރޭ
ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.