Last Updated: November 28, 10:28
Thursday, November 28, 2024
ޚަބަރު

ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި

އަލްއުސްތާޛު ޙަސަން ޒަމީލު - ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ މައްޗަންގޮޅީ މާވެޔޮ ވިލާ، އަލްއުސްތާޛު ޙަސަން ޒަމީލު ކަމަށެވެ.

ޙަސަން ޒަމީލަކީ މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޙަސަން ޒަމީލު މީގެ ކުރިން އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ކަން ހިމެނެއެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި 20،500ރ. އަދި އެލަވަންސްގެ ގޮތުގައި 15،000ރ. ލިބިވަޑައިގަންނަވާއިރު، މިއީ މި ސަރުކާރުން ޑިފެންސް މިނިސްޓްރީ އަށް ނައިބަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.