ދެކިޑްނީ ފެއިލްވެ މިހާރު ވެސް ހަފްތާއަކު ތިން ދުވަހު ޑައިލަސިސް ހަދަމުން އަންނަ އަންސާރާގެ ކިޑްނީ ބަދަލު ކުރުމަށް މިހާރު ޑޯނާއެއް ލިބިފައިވާ އިރު ، 400،000 އެއްހާ ރުފިޔާ ބޭނުންވަނީ އޭނާގެ ފަރުވާ ގެ ހުރިހާ ކަމަކަށް ކަމަށް އާއިލާ އިން ބުނެފިއެވެ.
އަންސަރާގެ އާއިލާ އިން ބުނާ ގޮތުގައި އަންސާރާ ވަނީ ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ސިއްޙީ އިތުރު މައްސަލަ ތަކެއް ދިމާވެފައެވެ.
އެހެން ކަމުން ގިނަ ދުވަސް ތަކެއް ނަގާލުމުގެ ބަދަލުގައި އާއިލާ އަށް މިއަދު މަޖުބޫރު ވެފައިވަނީ ވީ އެންމެ އަވަހަކަށް އަންސާރާ ގެ ބޭސް ފަރުވާ އަށް ލަންކާ އަށް ފުރުމަށެވެ. މިސަބަބައްޓަކައި އާސަންދަ ޕްރޮސިޖާރ ކުރިއަށް ގެންދަން ދުވަސް ތަކެއް ނަގާތީ ޢާއްމުންގެ ދީލަތި އެހީ ހޯދުމަށް ފަންޑުރައިޒް ކުރިއަށް ގެންދަނީ ކަމަށް އަންސާރާގެ އާއިލާ އިން ބުނެއެވެ.
"ބޭނުންވާ އަދަދުގެ 50 ޕަސެންޓް ހަމަ ވުމުން އަންސާރާ ގެ ފަރުވާ އަށް ފުރަން ތައްޔާރަށް މިތިބީ. އާސަންދަ ހަމަ ޖެހެން ދުވަސްތަކެއް ނަގާނެ، ސީދާ ހަމަޖެހޭނީ ކޮންދުވަހަކު ކަމެއް ވެސް އަޅުގަނޑުމެންނަށް ބުނަން ނޭގެ. އެކަން ހަމަ ޖެހޭނެ ކަމަށް ވިސްނައިގެން ބަލި މީހާ ގޭގައި ބާއްވައިގެން ވެސް ތިބެވޭކަށެއް ނެތް"
އަންސާރާގެ ބަލި ހާލަތާއި އެކު އޭނާގެ އާއިލާ ވަނީ ބޮޑެތި ގޮން ޖެހުން ތަކާ ކުރިމަތިލާން ޖެހިފައެވެ.
"އަންސާރާ ގެ ބައްޔަށް ފަންޑު ހޯދަމުންދާ މި ދަނޑިވަޅުގައި އަންސާރާގެ ބައްޔާއި ބެހޭ ގޮތުންނާއި އާސަންދަ އަދި ބޭސް ފަރުވާގެ ކަންތަކާއި ޢާންމުންގެ މެދުގައި ހަޤީގަތާއި ޙިލާފު ވާހަކަ ތައެއްވެސް އެބަދެކެވޭ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެއްވެސް ފަރާތަކުން އެފަދަ ވާހަކަ ތައް ނުދެއްކުމަކީ . އެކަމުގެ ސަބަބުން އަޅުގަނޑުމެން މި ކުރާ މަސައްކަތައް ހުރަސް އެޅުމުގެ އިތުރުން ބަލި މީހާ އަށްވެސް އަސަރު ކުރާނެ ދޯ"
އަންސާރާ ގެ އާއިލާގެ އިލްތިމާސް އަކީ އޭނާ އާއި ބެހޭ ގޮތުންނާއި އެހީގެ ކަންތަކުގެ މަޢުލޫމާތު 7776290 ނަމްބަރާއި ގުޅައިގެން ސާފު ކުރުމެވެ.
މިހާތަނަށް ހެޔޮ އެދޭ އެތައް ބައެއްގެ އެހީ ތެރި ކަމާއެކު 165.000 ރ އަންސާރާގެ ބޭސް ފަރުވާ އަށް ލިބިފައިވާ އިރު އާއިލާ އިން ބުނީ އާސަންދަ ހޯދުމަށް ދެވަނަ ފަހަރަށް ވެސް އާސަންދަ އަށް ލިޔެކިއުން ތައް މިއަދު ފޮނުވާފައިވާ ކަމަށެވެ.
" އަޅުގަނޑު މެން އަދިވެސް މިބަލަނީ އަންސާރަާ އަށް އާސަންދައިން ބޭސް ފަރުވާ ގެ ކަންތައް ހަމަޖެހޭތޯ . އާސަންދައިން އެބަބުނޭ އާއިލާގެ ތެރެއިން ޑޯނަރ ދިމާވާނަމަ އާސަންދަ ލިބޭނެ ކަމަށް . އެހެން ނޫންނަމަ އާސަންދަ ހަމަޖެހެން އޮތީ އަންސާރާ އަށް އެކަނި. ޑޯނަރ ދޭ މީހާގެ ހުރިހާ ކަމެއް ހުރަން ޖެހޭނީ އެބަޔަކު އަމިއްލަ އަށް ،އެއީވެސް ބޮޑު ހަރަދު ތަކެއް ދާނެ ކަމެއް. އަންސާރާ އަށް ފަރުވާ އަށް 6 މަސް ދުވަހު ލަންކާގައި މަޑުކުރަން ޖެހޭއިރު އެކަމަށްވެސް ދާނީ ކިހާ އަދަދެއް ކަމެއް ބުނަންވެސް ނޭގޭ. "
އަންސާރާގެ އާއިލާގެ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ގުޅިގެން މިމަހު 15 ވީ ހުކުރު ދުވަހު ހާއްސަ ހަރަކާތަކުން ފަންޑުގެ ހަރަކާތް ވަނީ ފަށާފައެވެ. މި އިވެންޓުގައި 52،300ރ ލިބިފައިވާ އިރު އަންސާރާ ގެ އެކައުންޓަށް އެދުވަހު 51،531.85 ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން މިމަހުގެ 16،17 ވަނަ ދުވަހު ހިނގި ހަރަކާތް ތަކުން 3،317 ރ ލިބިފަިވާއިރު މީގެ އިތުން ނެއްލައިދޫ ގައި ބެހެއްޓި ފަންޑު ފޮއްޓަކަށް 7،302 ރުފިޔާ ލިބިފައިވެއެވެ. މިހުރިހާ ހަރަކާތަކުން މިހާތަނަށް އަންސާރާގެ ފަރުވާ އަށް ޖުމްލަ 165،000ރުފިޔާ ވަނީ ލިބިފައެވެ.
"ފަންޑުރެއިޒިން އަދިވެސް ދަނީ ކުރިއަށް ، ސަރުސަނާ3 ފިހާރައިގަ ފަންޑުފޮއްޓެއް ބެހެއްޓިފައި ހުންނާނެ، އޮންލައިން ކޮށްވެސް ، އަދި ފޭސްބުކް މެދުވެރި ކޮށްވެސް " ޖަސްޓް ގިވިން ވެބްސައިޓް " ބޭނުން ކޮށްގެން ވެސް ފަންޑު ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އަންސާރާގެ އާއިލާ އިން ބުނެއެވެ. މިހުރިހާ ހަރަކާތެއްވެސް ކުރިއަށް ގެންދަނީ އަންސާރާގެ އާއިލާގެ އިތުރުން ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތައް ގުޅިގެންނެވެ.
މިހުރިހާ ފަރާތްތަކަށް ވެސް އަންސާރާގެ އާއިލާ އިން ވަރަށް ޢިހުލާސްތެރި ކަމާއެކު ޝުކުރު އަދާ ކުރެއެވެ.
އެހީ ވެލައްވަން ބޭނުންފުޅުވާ ބޭފުޅުން އެހީ ފޮނުއްވާނީ
Ansara Ahmed/ 7708505270101
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން