މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައި ވަނީ މ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެލާޓް ނެރެފައި ވަނީ ހަވީރު 17:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވެއެވެ. ނަމަވެސް އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.